ގއ ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ވަގަށް ފައިސާ ނެތި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި، އެރަށުގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ވަގަށް ފައިސާ ނެގި މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓްކޮށްފައި ވާކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުން، އެ އަންހެން މީހާގެ ކާޑު ވަގަށް ނަގައިގެން މާމެންދޫ ބީއެމްއެލްގެ އޭޓީއެމުން 25000 ރުފިޔާ ނަގައިފައިވާކަމަށެވެ.
އަދި އެ ދެމީހުން ގއ މާމެންދޫއިން ގއ ވިލިގިއްޔަށް ދަތުރުކުރަނިކޮށް އަތުލައިގެންފައި ވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ލ ގަން ތުނޑި، ނޯތުހެވަން އުމުރުން 24 އަހަރުގެ ޙަމްދޫން ޚަލީމްގެ އިތުރުން ގއ ވިލިނގިލީ ލައިފް އުމުރުން 22 އަހަރުގެ މުޙައްމަދު ޝައިން ޝަމީޒެވެ.
މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާގޮތުގައި އެމީހުން ދަތުރުކުރި ލޯންޗް ބަލައި ފާސްކޮށް ވަގަށް ނެގި ފައިސާގެ ތެރެއިން 23000 ރުފިޔާ ފުލުހުން ވަނީ އެ ލޯންޗުން ހޯދައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.