-Advertisement-

-Advertisement-

ކެބިނެޓަށް ބަދަލުގެނައި 3 ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށްފި

ދާދި ފަހުން ސަރުކާރުގެ ކެބިނެޓަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު ތިން ވުޒާރާއަކަށް ބަދަލުކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ، ފޮރިން މިނިސްޓަރަކަށް ހުންނަވަނިކޮށް، ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި މޫސާ ޒަމީރާއި ހެލްތް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވި، ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ހެލްތް މިނިސްޓަރަކަށް އައްޔަންކުރެއްވި، އަބްދުﷲ ނާޒިމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ރައީސް ގެންނެވި ބަދަލާއެކު މި ތިން ބޭފުޅުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލިހަށް ފޮނުއްވުމާއެކު ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލިހުން ނިންމަވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިހުގެ މަސްއޫލިއްޔަތުބަލާ ކޮމެޓީން މި ތިން ބޭފުޅުންނަށް ރުހުން ދެއްވުމަށް ފާސްކޮށްފައިވަނީ، ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާޤުންނެވެ.

މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ތިން ބޭފުޅުންގެ މައްސަލައެއް އޮތްތޯ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމުން، މައްސަލައެއް ނެތް ކަން ކޮމެޓީގައި ފާހަގަކޮށްފައި ވާއިރު، މައުލޫމާތު ސާފުކުރި އިދާރާތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭކަމަށް އެކޮމެޓީން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-