އަވަށްޓެރި ސްރީލަންކާގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ލަންކާގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވަނީ، ހ ފީރޯޒް ހިޔާ، އުމުރުން 30 އަހަރުގެ ބިލާލު މުހައްމަދު އަހްމަދެވެ.
މީނާއަކީ 2015 ވަނަ އަހަރު ހިނގި މަރުގެ ހާދިސާއެއްގައި މީހެއް މަރާލިކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަންވެސް ފާހަގަކޮށްލެވެއެވެ.
އިތުރު ތަފްޞީލް އަންނަނީ…
ލަންކާގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބިލާލު ނޫން އިތުރު މީހުންތަކެއްވެސް ހައްޔަރުކޮށްފައެވެ.