-Advertisement-

-Advertisement-

ނޮޅިވަރަންފަރުން ދޫކުރާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލް ކުރަން އަންގައިފި

ރާއްޖެ.އެމްވީ

ހދ. ނޮޅިވަރަންފަރުން ދޫކުރާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލް ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންގައިފިއެވެ.

އެޗްއާރްސީއެމްއިން ވަގުތީ ލިސްޓު ބާޠިލު ކުރަން އަންގާފައި ވަނީ އެ ޔުނިޓުތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލު އެންމެ އިންސާފުވެރި ނޫން ކަމަށް ބުނެ، އެރަށުގެ 279 މީހަކު ސޮއިކޮށް އެޗްއާރްސީއެމް އަށް ހުށަހެޅުމުން، އެކަން ތަޙުޤީޤު ކުރުމަށްފަހުއެވެ.

މިކަމާއި ގުޅޭ ގޮތުން އެޗްއާރްސީއެމް އިން ބުނެފައިވާ ގޮތުގައި މިހާރު އުސޫލު ކަނޑައަޅާފައި އޮތް ގޮތުން ފޯމު ހުށަހެޅި ބައެއް މީހުންނަށް ޤާނޫނު އަސާސީން ދީފައިވާ ޙައްޤުތައް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން މިކަން ތަޙުޤީގު ކުރުމަށްފަހު އެޗްއާރްސީއެމް އިން ވަނީ އެޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް އިސްލާހުކޮށް، އެ އުސޫލު އަލުން އިއުލާނުކުރުމަށް ކައުންސިލަށް އަންގާފައެވެ.

މީގެއިތުރުން، އެޗްއާރްސީއެމް އިން ވަނީ އެ ޔުނިޓްތައް ދޫކުރަން ނިންމާފައިވާ މީހުންގެ ވަގުތީ ލިސްޓު އުވާލުމަށް ވެސް ކައުންސިލަށް އަންގާފައެވެ.

އޭގެއިތުރުން، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާ ގޮތަށް އުސޫލު އަލުން އެކުލަވާލުމަށް އެޗްއާރުސީއެމް އިން ވަނީ އެދިފައިވެއެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ އެ ކޮމިޝަނުން އަންގާފައިވާ ގޮތަށް އަމަލު ނުކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް އަމަލު ކުރާނެއެވެ.

އެޗްއާރްސީއެމް އިން ވަނީ ރަށު ކައުންސިލްގެ އިތުރުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ހައުސިން މިނިސްޓްރީއަށް ވެސް މިކަން އަންގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-