ހުޅުމާލެ ވެމްކޯ ޖެޓީ އާއި ދިމާލުން 2 ޑިންގީ ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން މިރޭ މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ މިރޭ ދާދި ދެންމެއަކު ހުޅުމާލެ ވެމްކޯ ޖެޓީއާއި ދިމާލުން ދެ ޑިންގީ ޖެހި އެކްސިޑެންޓުވެއްޖެ ކަމަށެވެ.
ފުލުހުން އޭރު ބުނަފައިވާ ގޮތުގައި އެކްސިޑެންޓްވި ވަގުތު މޫދަށް މީހަކު ވެއްޓި ގެއްލިފައިވާ ކަމަށާއި އޭނާ ހޯދުމަށް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެހެންނަމަވެސް ފަހުން ފުލުހުން ބުނީ އެކްސިޑެންޓުވި ވަގުތު މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށާއި މޫދަށް ވެއްޓިފައި ވަނީ ޑިންގީގައި ހުރި ބައެއް ތަކެތި ކަމަށެވެ. އަދި މިތަކެތި މޫދުން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.