-Advertisement-

-Advertisement-

ގދ.ގަން ބެލެހެއްޓުމަށް ބަޔަކާއި ހަވާލުކުރުން މަޑުޖައްސާލުމަށް އަންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން. ފޮޓޯ: އޭސީސީ

ގދ.ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ބަޔަކާއި ހަވާލު ކުރުން މަޑު ޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސިސީގެ މެންބަރު ޝަޒްނާ ހާސިމް ސޮއި ކުރައްވާ އިއްޔެ ގދ. ގައްދޫ ކައުންސިލުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ފަރާތެއް ހޯދުމަށް ގައްދޫ ކައުންސިލު އިދާރާއިން ކުރާ މަސައްކަތާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މި މައްސަލައިގައި އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން، މި މަސައްކަތާއި ގުޅިގެން އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. އަދި އެ ކޮމިޝަނަށް ލިބޭ ބާރުގެ ދަށުން މި މަސައްކަތް އެއްވެސް ފަރަތަކާއި ހަވާލު ނުކުރުމަށް، އަންގާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އޭސީސީން ބަލަމުން ދަނީ ކޮން ކަހަލަ މައްސަލައެއްކަން ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.

ގދ.ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ގައްދޫ ކައުންސިލުން ހުޅުވާލީ ހުސްވި ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.

އެކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ގައްދޫ ގަން ބެލެހެއްޓުން ހަވާލުކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޖުލައިމަހުގެ 3ގައި ކުރި އިއުލާނާއި ގުޅިގެން އެކަމަށް އެދި ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވުމާއެކު އެ ފުރުޞަތު ތިންވަނަ ފަހަރަށް އަލުން ހުޅުވާލާ ކަމަށެވެ.

މީގެއިތުރުން، ގަމަކީ ގައްދޫގެ އިޚުތިޞާސް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާއިރު އެރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ހަމަޔަށް ވިޔަފާރި އުޞޫލުން އެރަށް ބެލެހެއްޓުމަށްޓަކައި އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިއަށްފަހު އެކައުންސިލުން ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގދ.ގަން ވިޔަފާރި އުސޫލުން ބެލެހެއްޓުމަށް ކުރި އިއުލާނުގެ ބިޑް އިވެލުއޭޝަން ކޮމިޓީ، އިވެލުއޭޝަން ކްރައިޓީރިއާ އަދި އިވެލުއޭޝަން ސްކޯ ޝީޓު އާއްމުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-