-Advertisement-

-Advertisement-

މާލޭގައި ބިދޭސީއަކު ބަރަހަނާކޮށް ވަޅިން ބިރުދައްކައި ފޭރިއްޖެ

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލެޓީގައި ބިދޭސީއަކު ބަރަހަނާކޮށް އޭނާއަށް ވަޅިން ބިރުއްކައި އޭނާގެ އަތުން ވޮލެޓެއް ފޭރިއްޖެއެވެ.

މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ23 ވަނަ ދުވަހު 15 ދުވަސް ޖަހައިފައެވެ.

މި ހާދިސާގައި ފޭރުނު މީހާ ފޭރިފައިވަނީ، އެ ބިދޭސީ މީހާގެ ވޮލެޓްކަމަށާއި އެ ވޮލެޓްގައި ކޭޝްކާޑުގެ އިތުރުން 10،600ރ އާއި އިތުރު ލިޔެކިޔުންތައްވެސް ހުންނާނެ ކަމަށް އެ ބިދޭސީ މީހާ ވަނީ ބުނެފައިއެވެ.

މިގޮތުން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުގައި ވަނީ، އެ ބިދޭސީ މީހާ ހިފަހައްޓައި ބަރަހަނާކޮށް ފޭރެން އުޅުމުގެ ތެރޭގައި ބިދޭސީ މީހާގެ ވާތްފަރާތް އަދި ކަނާތް ފަރާތުގެ ކޮނޑުހުޅު ދުޅަވެ، ރަތްވެފައިވާ ކަމަަށާއި އަދި ކަރުގައި ރަތްވެފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މި މީހާ ހައްޔަރުކޮށްފައި ވަނީ ފިހާރައެއްގެ ކައިރީގައި މަޑުކޮށްގެން ހުއްޓައެވެ. އެގޮތުން އޭނާގެ ޖީބުން 820ރ ފެނިފައެވެ. އަދި އެފައިސާއަކީ އޭނާގެ އަމިއްލަ ފައިސާކަމަށް އޭނާ ބުނެފައިވީނަމަވެސް ފުލުހުން ވަނީ އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައެވެ.

އެގޮތުން އޭނާކަން ކުރިކަމަށް ސާބިތުކުރެވޭ ވަރަށް ކޮންމެވެސް ވަރަކަށް ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން ރަސްފަންނު ސަރަހައްދުގައި ތިބި ދެ ބިދޭސީއަކަށްވެސް ވަޅިން ބިރުދައްކައި އެމީހުންގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އެމީހުންގެ ވޮލެޓް ވަނީ އަތުލައިގެންފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-