ގުޅީފަޅު ކައިރީގައި ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި 12 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:34 އެހާކަންހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ ކޮއްދިއްޕަރު ރިސޯޓުގެ ލޯންޗަކާއި އއ. އަތޮޅު ލޯންޗެއް ކަމަށްވާ “ސެނޮރާ”އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ، “ސެނޮރާ” ލޯންޗުން ކޮއްދިއްޕަރު ރިސޯޓު ލޯންޗުގައި ޖެހިގެންނެވެ.
މިހާދިސާގައި 12 މީހަކަށް އަނިޔާވެ ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެނެވިފައި ވާކަމަށް ފުލުހުން ބުނެފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އާނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ނުރައްކާތެރި ދުވެލީގައި ލޯންޗް ދުއްވާ މައްސަލަތައް އިތުރުވެ، ދާދި ފަހުން ފުލުހުން އޭގެ މައްސަލައެއް ބެލިކަންވެސް ފާހަގަކޮށްލެވެއެވެ.