-Advertisement-

-Advertisement-

އިނގިރޭސިވިލާތުގެ ރަސްގެފާނު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވައިފި

ފޮޓޯ: ނައިބު ރައީސް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިން ވަނަ) ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދައުވަތު އަރުވައިފިއެވެ.

ރަސްގެފާނުއަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ނައިބު ރައީސް ދައުވަތު ދެއްވާފައި ވަނީ، ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި (ޗޮގަމް 2024) ބައިވެރިވެވަޑައިގަތުމަށް ސަމޯއާ މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، ރަސްގެފާނު ޗާލްސް އަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

ރަސްގެފާނު ޗާލްސްއަށް މިދައުވަތު އަރުވާފައިވާއިރު، 1972 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އަދި ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު ވަނީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-