-Advertisement-

-Advertisement-

ބަޖެޓް ކޮމެޓީއަށް، ގަވަރުނަރާއި،މާލީ ވަޒީރުގެ އިތުރުން އޮޑިޓަރ ޖެނެރަލް ހާޒިރު ކުރަނީ

ބަޖެޓް ކޮމެޓީގެ މިއަދުގެ ބައްދަލުވުން: ފޮޓޯ: މަޖިލީސް

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ އިތުރަށް ސަރުކާރަށް ބޭނުންވާ ސަޕްލިމަންޓްރީ ބަޖެޓް ދިރާސާކުރުމަށް އެކުލަވާލި ސަބް ކޮމެޓީއަށް މާލީ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވަސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރާއި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ކޮމެޓީގެ ބައްދަލުވުމުގައި މި ބޭބޭފުޅުން އެ ކޮމެޓީއަށް ހާޒިރުކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކުރައްވައި  ކޮމެޓީގެ އިއްތިފާގުންވަނީ އެ ތިން ބޭފުޅުން މާދަމާ މެންދުރު 2:00 ގައި އޮންނަ ސަބް ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރުމަށް ފާސްކޮށްފައެވެ.

މި އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓްގެ އިތުރުން ސްޕަލިމަންޓްރީ ބަޖެޓްގެ ގޮތުގައި ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ.

ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނޭ ބައިތައް:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

މި ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި އަހަރަށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައި މަޝްރޫއުތަކަށް އާދަޔާ ޚިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވަނީ  އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ޚަރަދުކުރެވިފައި ވަނީ، ބަޖެޓްގެ 76 އިންސައްތަ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-