-Advertisement-

-Advertisement-

އާޒިމާ އިންޑިޔާ ސަފީރަކަށް އައްޔަން ކުރުމަށް ރުހުން ދީފި

އަޒީމާ

ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވި، އާއިޝަތު އަޒީމާ އެ މަޤާމަށް އަންޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.

އެގޮތުން މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ މަޤާމަށް އާޒިމާ އައްޔަން ކުރުމަށް ފެންނަ ގޮތަކާއި މެދު ނެގުނު ވޯޓުގައި  ބައިވެރިވި 79 މެންބަރުންގެ އިއްތިފާގުން ވަނީ، ސަފީރުކަމަށް އާޒިމާ އައްޔަންކުުމަށް ފެންނަކަމަށް ފާސްކޮށްފައެވެ.

އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާގެ މީގެ ކުރިން ވަނީ ރާއްޖޭން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން ޚާރިޖީ ދާއިރާގެ އެހެން އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ

ރާއްޖެއިން އިންޑިޔާއަށް ކަނޑައާޅުއްވައިފައި ހުންނަވާ ސަފީރުގެ މަޤާމަށް އާޒިމާ އައްޔަން ކުރަނީ، އެ މަޤާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ދައުރު ހަމަވާން ކައިރިވެފައިވުންނެވެ.

އެ މަޤާމަށް ޝަހީބު އައްޔަން ކުރެއްވީ، ދިޔަ ސަރުކާރުގައި 2022ވަނަ އަހަރުގެ އޮކްޓޫބަރު 10ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-