-Advertisement-

-Advertisement-

މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ތަރައްޤީ ކުރަނީ

ފޮޓޯ: މަސްވެރިކަމާއިބެހޭ ވުޒާރާ

މ. މުލަކު ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެޅުމަށް ސައުދީގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާއި މަސްވެރިކަމާއިބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މަސްވެރިކަމާއިބެހޭ ވުޒާރާ އާއި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ޓްރޭޑިން ކޮމްޕެނީއާ ދެމެދު ވެވުނު މިފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް އީނާސް ނަސީރެވެ. އަދި އާރްއޯއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ހަމަދު މުޙައްމަދު އަލްމިންހާލީއެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެ އެވެ.

މީގެއިތުރުން، ސްޓޯރޭޖްގެ ޑިޒައިނިން މަސައްކަތާއެކު 300 ދުވަހުގެ ތެރޭގައި މި ފެސިލިޓީ އަޅައި ނިންމާނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.

މުޅި މަޝްރޫއަށް 5.188 މިލިއަން ޑޮލަރު ޚަރަދުވާއިރު، މަސްވެރިކަމާއިބެހޭ ވުޒާރާއިން ބުނީ، ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-