-Advertisement-

-Advertisement-

ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިއްޖެ

ފޮޓޯ: އެޑިޝަން

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބިފައިވާ އަދަދަށް ވުރެއް 9.6 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލޫން އާއްމުކޮށްފައިވާ ކުއާޓާ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކުން ވަނީ 718 މިލިއަން ރުފިޔާ ހޯދާފައެވެ. މިއީ ކުރީ ކުއާޓަރާއި އަޅާބަލާއިރު 2.9 ޕަސެންޓްގެ އިތުރު އަދަދެކެވެ.

މި ކުއާޓަރުގައި ބެންކުން ވަނީ ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައެވެ. އަދި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގަ އެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ޤައުއުމުގެ މުސްތަޤުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވާ ކަމަށެވެ.

“މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް.” ޝަރީފް

މީގެއިތުރުން ބޭންކުން ވަނީ މިކުއާޓަރުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ވެސް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އަދި ބީއެމްއެލްއިން ދޭ އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައް ވެސް އިއުލާނުކޮށްފައިވާއިރު އެޕަންޑުގެ ދަށުން ތަޢުލީމާއި ތިމާވެއްޓާއި ކުޅިވަރު އަދި މުޖުތަމައުގެ ތަރައްޤީއާއި ގުޅޭ ދާއިރާތަކުން ފަސް މަޝްރޫއުއަކަށް އެހީދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-