-Advertisement-

-Advertisement-

ރާއްޖެއިން މިސް ޔުނިވަރސްގައި ބައިވެރިވުން ބަލައެއް ނުގަނެވޭ: ޔޫތު މިނިސްޓްރީ

ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެހި ޘަޤާފަތާއި ދީނީ އާދަކާދަތަކަށް ފުށޫ އަރާކަންކަމުގައި ބައިވެރިވުން ބަލައި ނުގަނެވޭކަމުގައި ބުނެ ފުރަތަމަ ފަހަރަށް ރާއްޖެއިން މިސް ޔުނިވަރސްގައި ބައިވެރިވި ބައިވެރިވުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސްއިން ކުއްވެރިކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސް ޔުނިވަރސް ފަދަ މުބާރާތްތަކަކީ ދިވެހީން ޤަބޫލުކުރާ އާންމު އަޙުލާޤީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ޚިލާފު ކަންކަން ކަމަށާއި ދިވެހީންގެ ދީނާއި އާދަކާދައާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހީން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ހަރަކާތްތަކަށް ސަރުކާރުން ތަރުޙީބު ނުދޭނެ ކަމަށާއި އެކަން ކުށްވެރިކުރާ ކަމުގައި އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތުން އެކަން ހުއްޓުވުމަށް ގޮވާލައި މިނިސްޓްރީން ބުނެފައިވަނީ، އެފަދަ ހަރަކާތްތަކުގައި ދިވެހިން ބައިވެރިކުރުމުގެ މަސައްކަތް ސަރުކާރުން ނުކުރާނެ ކަމަށާއި އެކަމަކީ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި މައުލޫމާތު ނުފެތުުމަށް ވެސް ޔޫތު މިނިސްޓްރީން ގޮވާލާފައިވެއެވެ.

މުޅިން އަލަށް ރާއްޖެއިން މިސް ޔުނިވަރސްގައި ދިވެއްސަކު ބައިވެރިވާކަން އިއްޔެ އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީ ކުރި ޓުވީޓެއްގައި ވަނީ ހާމަކޮށްފައެވެ.

އަންނަ މަހުގެ 14 ގައި އޮންނަ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.

ޝައިނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސްގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ޝައިނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ.

ދިވެހި ޒުވާނަކު މުފަދަ މުބާރާތެއްގައި ބައިވެރިވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-