-Advertisement-

-Advertisement-

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިފްކޯއާއި ހަވާލުކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

މިއަދާއި ހަމައަށް މިފްކޯއަށް މަސްވެރިން ކިރާ މަހަށް، މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މިފްކޯއާއި ހަވާލުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރާއި ކުރެއްވި ސުވާލެއްގައި ރައީސްގެ މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޭން ވިދާޅުވި ގޮތަށް އެ ފައިސާ ނުދީ ސަރުކާރުން ބަހަނާ ދައްކަމުން އަންނަކަމުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ޕޭމަންޓުތަކަށްވާ ޖުމުލަ ފައިސާ އެ ފަރާތްތަކަަށް ރައްދުކުރުމަށް މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމައެޔާއެކު އެމަނިކުފާނުގެ މެނިފެސްޓޯގައި ވާގޮތަށް 48 ގަޑިއިރު ތެރޭ ފައިސާ ދެވޭނެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މަސް ކިރުމަށް ފަހު މިހާތަނަށް ނުދެވި ޕެންޑިން ޕޭމަންޓުތަކުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ އެބައޮތް ކަމަށާއި، މި ވަގުތު ފައިސާ ދޭނެ ގޮތެއް އަދި ނެތް ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެއީ, 331 ދޯންޏަކަށް ދޭންޖެހޭ ފައިސާއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދިޔައިރު ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-