-Advertisement-

-Advertisement-

ސިވިލް ސަރވެންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރަނީ

ވެލާނާ ބިލްޑިންގް – ފޮޓޯ: އަވަސް

ސިވިލް ސަރވެންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް، ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ސަރުކަރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅި ޖުމުލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ، މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް 500 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނައިފައިވާނެކަން އިއުލާނު ކުރައްވައިފައެވެ.

ޕޭ ހާމަނައިޒޭޝަންއަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރުގެ ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ހަމަ މިންތިއެއްގައި ހިފެހެއްޓުމަށް ފެށުނު މަސައްކަތެކެވެ.

އެ މަސައްކަތުގެ ދަށުން އޭރުގެ ސަރުކާރު ނިމުމާއި ހަމައަށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ވަނީ ބޮޑުކޮށްފައެވެ.

މިއަދު ސަރުކާރުން ހުށަހެޅި ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓްގައި ވަނީ، މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެންނަން ޖުމުލަ 500 މިލިއަން ރުފިޔާ ހިމަނައިފައެވެ.

މީގެ އިތުރުން މިއަދު ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އެހެނިހެން ހުރިހާ ދާއިރާތަކެއްގެ މުސާރަވެސް 2026 ވަނަ އަހަރާއި ހަމައަށް ބޮޑު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ކަމަށެވެ.

އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-