ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބު ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާޞަބަތާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވުމުގެ ސަބަބުން ނޮވެމްބަރު 9 ވާ ހަފްތާ ބަންދުގައި ގިނަ އަދަދެއްގެ މީހުން ތަންތަނަށް ދާނެ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެ ދުވަހު ވޯޓުލަން އައުމަށް އެ ޕާޓީގެ މެމްބަރުންނަށް ތަކުލީފަކަށް ވެދާނެތީ، އެ އިންތިޚާބު ފާސްކޮށްފައި ވާކަމަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ފާސްކޮށްފައި ވަނީ މި މަހުގެ 23 ވާ ހޮނިހިރު ދުވަހަށެވެ.
ފުރަތަމަ އެ އިންތިޚާބުގެ ތާރީޚު ފަސްކޮށް ވޯޓުލުމަށް ހަމަޖެހިފައި އޮތީ، މި މަހުގެ 9 ވާ ހޮނިހިރު ދުވަހުއެެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ، ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނަގާ ތާރީޚު ބަދަލުވުމާއި ގުޅިގެން އިންތިޚާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްރަށް އަދި ކެނޑިޑޭޓުންގެ ނަންތައް އަދި ވޯޓު ލެވޭ މީހުންގެ ލިސްޓު މިމަހުގެ 10 ގައި އާންމު ކުރާނެ ކަމަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ލުމަށް އެންމެ ފުރަަތަމަ ތާވަލުކުރީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އެހެން ނަމަވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އިންތިޚާބުގެ ވޯޓު ފަސްކޮށްދިނުމަށް އެދެމުން ދާތީ އެ އިންތިޚާބު އެ ފަހަރު ފާސްކުރުމަށް އެ ޕާޓީން ނިންމައިފި އެކަން އިއުލާނުކުރިއެވެ.