އެސްޓީއޯއިން “ހުސްވީމަ ހުސްވީ”ގެ ނަމުގައި ވެއާ ހައުސް ބޮޑު ސޭލެއް ފަށައިފިއެވެ.
އެސްޓިއޯއިން ހާމަކޮށްފައިވާ ގޮތުގައި ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭ މި ވެއާ ހައުސް ސޭލް ކުރިއަށްދާނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސޭލުގައި ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި ހިޓާޗީ އާއި މަކިޓާ އާއި ނިޕޯން ޕެއިންޓް އާއި ރެމިންގްޓަން އަދި ރަސްލް ހޮބްސް ހިމެނެއެވެ.
ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތުގެ އައިޓަމްތައް މި ސޭލުގައި ވިއްކަނީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ކަމަށާއި، މިތަކެތި ވިއްކުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައެވެ. ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑިތަކަކީ:
– 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
– 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
މީގެއިތުރުން، މި ވެއާ ހައުސް ސޭލްގެ ތެރެއިން 500ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓިއޯއިން ބުނެފައިވެއެވެ.
އެސްޓިއޯއިން ވަނީ ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުއަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައެވެ.