-Advertisement-

-Advertisement-

ކުޅުދުއްފުށީގައި ގެއެއް އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސަމޭދާން ގޭގައި ރޭ ރޯވެ އަނދަނީ.

ހދ. ކުޅުދުއްފުށީގައި މިރޭ 9 ގައިވާއިރު ‘ސަމޭދާނު’ ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގެ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

ފިލާއިން ހަދާފައިވާ މިގޭގައި ދިރިއުޅެމުން އައީ ދެ ފިރިހެނުންނެވެ. އަލިފާން ރޯވިއިރު ގޭގައި އެއްވެސް މީހަކު ނެތުމުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ސިފައިންގެ ހަލުވި މަސައްކަތުން މި އަލިފާންގަނޑު ނިވާލެވުނީ ގާތްގަނޑަކަށް ރޭ 10 ގައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު ދެ މީހުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވެއެވެ،

ފާހަގަކޮށްލެވޭ ކަމަކީ މިއަހަރުގެ މާރިޗު މަހު މި ގެއާ ޖެހިގެން ހުރި ‘ސިގްނަލް’ ގޭގައިވެސް އަލިފާން ރޯވެ، އެ ގެވެސް ވަނީ އަނދައިގޮސްފައެވެ. އަދި އެ ހާދިސާއަށްފަހު މިއަދާ ހަމައަށްވެސް ‘ސިގްނަލް’ ގެއަށް މީހުން ބަދަލުވެފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-