-Advertisement-

-Advertisement-

2026ން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހު ފެށޭގޮތަށް ބަދަލުކޮށްފި

މަލޭގެ ސްކޫލަކަށް ކުދިން ވަދެގެން ދަނީ

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީމަހު، ފަށާގޮތަށް އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމާހައި ދިމާވާހެން 2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު ނެރެފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ނެރުނު 2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާގޮތުން ފެށޭ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އޭޕްރިލް މަހުގެ، 6 ވަނަ ދުވަހުން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ، އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއަށްފަހު އަންނަ އަހަރުގެ ބޮޑު ޗުއްޓީއަށް ސްކޫލުތައް ދާއިރު 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
އަހަރުގެ ފަހުކޮޅަކީ، ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމުން އެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބެލެނިވެރިންނަށް ދަރިވަރުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށްބުނެ، އަހަރުގެ މެދުތެރޭގައި ބޮޑު ޗުއްޓީ ލިބޭ ގޮތަށް އެކެޑެމިކް ކަލަންޑަރު ބަދަލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
އެހެން ނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ، ދިރާސީ އަހަރު ޖެނުއަރީމަހު ފެށޭގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-