-Advertisement-

-Advertisement-

އިލެކްޝަންސް ކޮމިޝަނަށް ހަސީބު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަނަށް ގެ މެންބަރުކަމަށްއަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އީސީގެ މެމްބަރު ކަމަށް ހަަސީބު އައްޔަން ކުރުމާމެދު ވޯޓަށް އެހުމުން އެ ކޮމިޝަނަށް ހަސީބު އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ، 67 މެންބަރުންގެ ވޯޓާއެކުއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުވެސް ކުރިން ފުރުއްވި، އަބްދުލް ހަސީބް އިސްމާއިލް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، މިދިޔަ މަހުގެ 18 ގައެވެ.

އެ ކޮމިޝަނަށް މެންބަރަކު ހޯދުމަށް އިއުލާނު ކުރީ، ކޮމިޝަންގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު، ނޮވެމްބަރު 24 މަހު ހަމަވާތީއެވެ.

އެ މުއްދަތުގައި އެ މަޤާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އީސީއަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވަނީ ހަސީބު ކަމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

ހަސީބް އިސްލާމިކް މިނިސްޓްރީގެ ޕީއެސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-