ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނި، ޢެރުގެ އެޑިއުކޭޝަން މިނިސްޓްރިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ބޮޑު ފެއިލެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ހިންގި ނާސްތާ ޕްލޭންގެ މިހާރުގެ އަދާހަމައާއި އެ މަޝްރޫއާއި ގުޅިގެން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދެއްކި ހުރިތޯ އައްސަވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ހެނދުނުގެ ނާސްތާ ހުރިހާ ދަރިވަރުންނަށް ދިނުމަށް އޭރުގެ ސަރުކާރުން ފެށި މަޝްރޫޢު ބޮޑުތަނުން ފެއިލްވެފައިވާކަމަށެވެ.
ފެއިލްވުމުން ކުރީގެ ސަރުކާރުން ނިންމާފައިވަނީ ނާޝްތާ ދޭނީ ބޭނުންވާ ދަރިވަރުންނަށޭ. މިހާރު ނާސްތާ ދެމުން ދަނީ ބޭނުންވާ ދަރިވަރުން ދެނެގަނެވި ހަމައެކަނި އެ ކުދިންނަށް – މިނިސްޓަރ
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކޮންމެ ސްކޫލެއްވެސް ހުންނަ ރަށް ރަށުގައި ވަކި ކުންފުނިތަކަށް ދީގެން ކުރިއަށް ގެންދިޔަ އެ މަސައްކަތަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދެވި އޮތްކަން އެނގެން ނެތް ކަމަށެވެ.
ހެނދުނުގެ ނާސްތާ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ދެމުން އައިސް ކޮވިޑް ބަލިމަޑުކަމާއި ހަމައިން އެ ނާސްތާ ދިނުން މެދުކަނޑާލިއެވެ. އެހެން ނަމަވެސް ނާސްތާ ފޯރުކޮށްދެމުން އައި އުސޫލަކީ އެހާ ދެމެހެއްޓެނިވި އުސޫލަކަށް ނުވެ ގިނަ ދަރިވަރުން ތަކެއް ނެ ނާސްތާ ނެގުމަށް ދެކޮޅު ހަދަމުން އައުމާއި ގުޅިގެން 2021 ވަނަ އަހަރުގެ ތެރޭގައި އަލުން އެ ޕްރޮގްރާމް ފެށިއިރު ނާސްތާ ދޭން ފެށީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިން ދެނެގަނެ، އެ ކުދިންނަށެވެ.