-Advertisement-

-Advertisement-

ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޑރ. މުހައްމަދު ޒާހިރަށް އަރުވަނީ

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފް، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އެރުވުމަށް ނިންމައިފިއެވެ.

މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފް އެރުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަޢުލީމު ފޯރުކޮށްދިނުމާއި އެ ދާއިރާއިން ދިވެހިން ހޭލުންތެރި ކުރުމަށްޓަކައި ކުރެއްވެވި ގިނަ ގުނަ އަގު ނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން ކަމުގައި ރައީސް އޮފީހުން ހާމަކުރެއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބު ވެސް މީގެ ކުރިން ލިބިވަޑައިގަތްފައިވާ ޑރ މުހައްމަދު ޒާހިރު ހުސައިނަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އެރުވުން އޮންނާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތާއި ގުޅިގެން މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. މީގެއިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ.

ރައީސް އަލްއުސްތާޛް މައުމޫނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރެއްވެވި މުހައްމަދު ޒާހިރު ހުސައިން ފާހަގަކުރެވެނީ، ރާއްޖޭގެ މަތީ މަޤާމުތައް ފުރުއްވާފައިވާ އަދި މިހާރުވެސް އެކި މަޤާމުތައް ފުރުއްވަމުން އަންނަ ގިނަ އަދަދެއްގެ ބޭބޭފުޅުންގެ އެދުރެއްގެ ގޮތުގައިވެސް މެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-