މީގެ 5 ދުވަސް ކުރިން ގެއްލިގެން ހޯދުމަށް މިއަދު އިއުލާނު ކުރި ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދުމަށް ފުލުހުން މިއަދު އިއުލާނުކުރީ، ރ. މާކުރަތު / ތިންތަރި، އުމުރުން 21 އަހަރުގެ އަހްމަދު ޝާހީނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ މާލެއިން ފެނިފައިވާ ކަމަށާއި ޝާހީންގެ ހާލު ރަނގަޅުކަމަށެވެ.
ފުލުހުން އޭރު ކުރި އިއުލާނުގައި ބުނެފައިވަނީ، އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.