-Advertisement-

-Advertisement-

ލޯބިވެރިޔާއަށް ބިރުދެއްކި ފުލުހަކު މަތިވެރިން ހައްޔަރުކޮށްފި

އއ މަތިވެރީގައި މަސައްކަތް ކުރާ ފުލުހަކު އޭނާގެ ލޯބިވެރިޔާއަށް ބިރުދެއްކި މައްސަލައިގައި އެ ފުލުސްމީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، އއ މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ، އެރަށު ފަޒާ، އުމުރުން 19 އަހަރުގެ ޒައިދާން މުހައްމަދެވެ.

ފުލުހުން ބުނެފައިވަނީ، ޒައިދާން ހައްޔަރުކޮށްފައިވަނީ، އެނާގެ ލޯބިވެރިޔާއަށް ބިރުދައްކައި އޭނާގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ މީސްމީޑީޔާގައި އާންމުކުރާނެކަމަށް ބުނެ ބެލްކެމެއިލް ކުރި މައްސަލައިގައި ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ އިއްޔެ ޒައިދާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަސުން ކަމަށާއި މި މައްސަލައިގައި އޭނާގެ ބަންދަށް އއ މަތިވެރި މެޖިސްޓްރޭޓް ކޯޓުން 3 ދުވަސް ޖަހައިފައިވާކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-