-Advertisement-

-Advertisement-

ބެންގަލޫރުގެ ހޮޓަލެއްގައި މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެ

Breaking News

އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ހޮޓަލަކުން މަރުވެފައި އޮތް ދިވެހި ފިރިހެނެއް ފެނިއްޖެއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު އެ ހޮޓަލުގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް ހަށިގަނޑު ފެނުން އިރު، ފުލުހުން ލަފާކުރަނީ އޭނާ މަރުވެފައި ވަނީ ހާރޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ޓުއަރިސްޓް ވިސާގައި އިންޑިޔާއަށް ދިޔަ އުމުރުން 43 އަހަރުގެ ހަސަން ސުހައިލުގެ ހަށިގަނޑު ފެނިފައިވަނީ، އޭނާ ބެންގަލޫރުގައި ހުރި ހޮޓަލުން ޗެކްއައުޓް ވާން އޮތް ދުވަހު ކޮޓަރިން ނުނިކުތުމުގެ ސަބަބުން އެ ހޮޓަލުން ޕޮލިހުންނަށް ރިޕޯޓްކޮށް ޕޮލިހުންގެ އެހީގައި ކޮޓަރި ހުޅުވައި ބެލި އިރުކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސުހައިލު ޗެކްއައުޓް ވުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުދަ ދުވަހު ކަމަށާއި އޭނާ ފެނުން އިރު ކައިރީގައި ހޮޑުވެސް ހުރިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އަދި ސުހައިލުގެ ހަށިގަނޑު މީހާރު ރަމައްޔާ ހޮސްޕިޓަލްގެ މޯޗަރީއަށް ފޮނުވައިފައި ވާކަމަށާއި އޭނާގެ ޕޯސްޓްމޯޓަމް ހެދުން، އާއިލާގެ ރުހުން ލިބުމާއެކު ކުރިއަށް ދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-