ވަގަށް ނަގައިގެން ތަޅުދަނޑިތަކެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ހެންވޭރު ސަމަރ ގްރީން އުމުރުން 33 އަހަރުގެ އިބުރާހިމް ޒަކަރިއްޔާއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ސައިކަލުގެ 7 ތަޅުދަނޑިއަކާއެކު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ފުދޭ ހެކި ސީންއަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓް އަދި ފޮޓޯ ރިޕޯޓާއެކު ހުށަހަޅައިފައިވާކަމަށެވެ.
ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.