-Advertisement-

-Advertisement-

ފްލެޓް ލިސްޓް އިއުލާނުކުރުމަށް އިތުރު މުއްދަތު ބޭނުންވޭ!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އިއުލާނުކުރަން އަދި އިތުރު ވަގުތު ބޭނުންވާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫންގައި ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާނުކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް އާންމު ފަރާތްތަކުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސްގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި ހައުސިން ކޮންސަލްޓޭޓިން ކޮމިޓީގެ ލަފާގެ މަތިން އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމްތަކެެއް މުރާޖާކުރުމުގެ މަސައްކަތް އަދިވެސް ނުނިމި ކުރިއަށް ދާ ކަމަށެވެ.

ކުރިން އާންމު ކުރެވިފައިވާ ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،687 އެޕްލިކޭޝަން ފޯމް ބެލިމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭންވާ ކަމަށް ވެސް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މި މަސައްކަތަށް ވަގުތު ނެގި ކަމުގައި ވިޔަސް ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރައްޔިތެއްގެ ޙައްޤު ގެއްލުނަ ނުދީ ހަމަހަމައަށް ފުރުސަތު ހޯދައިދިނުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-