-Advertisement-

-Advertisement-

ރާއްޖެއަށް އަނެއްކާވެސް ވިއްސާރަވެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު!

ހުދު ސަމާލު

ރާއްޖޭގެ މޫސުން އަނެއްކާވެސް ގޯސްވެ، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު ހެނދުނު 08:30އިން 13:30ގެ ނިޔަލަށް ނެރުނު ހުދު ސަމާލުގައި ވަނީ، އެ ވަގުތުތަކުގައި ރާއްޖޭގެ އުތުރުގައި ހިމެނޭ އަތޮޅުތަކަށް  ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ،  ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި  ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން  ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަަކަށް، ވައި އެނބުރި އާންމު ގޮތެެއްގައި މަޑުން، އުތުރާއި އިރުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-