-Advertisement-

-Advertisement-

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކް އިފްތިތާޙްކޮށްފި!

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ރޭ އިފްތިތާހު ކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އިފްތިތާޙްކޮށްފިއެވެ.

އެސްއެމްއީ ހަބް ކުރިން ހިންގި އެލައިޑް އިމާރާތުގައި މި ބޭންކް ރޭ ހުޅުވައިދެއްވައިފައި ވަނީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިޔާތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒެވެ.

ރޭގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ޤާއިމްކުރެވުނު ބޭއްކާއެކު ރާއްޖޭގެ ދަރަނީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ، އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ސިންޑިކޭޝަން އަދި ރިސްކް އިންޝޫރެންސް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ޤާއިމް ކުރުމަށް ރައީސްގެ ތަސައްވުރަކީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި އަދި ތަނަވަސް ޤާއުމެއް އުފެއްދުމުގެ ތަސައްވުރުގެ ރިފްލެކްޝަނެއްކަމުގައި ވިދާޅުވެ މިނިސްޓަރ ވަނީ، އިޤްތިސާދީ ތަފާތުކުރުމާއި ހަމަހަމަ މުޖުތަމައު އާއި، ހިއްސާގެ މުދަލާއި، އިޖުތިމާއީ އެއްބައިވަންތަކަމަށް ސަމާލުކަންދީ، ކެތްތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސް ޑރ.މުއިއްޒު ކުރައްވާ މަސައްކަތަށް ޑިވެލޮޕްމަންޓް ބޭންކް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

މީގެ އިތުރުން ރޭގެ ރަސްމިޔާތުގައި ޑިވެލޮޕްމަންޓު ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވިދާޅުވީ، މި ބޭންކު ވެގެންދާނީ ހަމައެކަނި ބޭންކަކަށް ނޫން ކަމަށާއި، މި ބޭންކު ވެގެންދާނީ ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ކުރިއަށް ޖައްސާލާނެ ވަރުގަދަ އިންޖީނަކަށް ކަމަށެވެ. އަދި ޑިވެލޮޕްމަންޓް ބޭންކާއެކު މުޅި ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިއެރުންތައް ލިބިގެންދާނޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވީ އޮގަސްޓު 26ގައެވެ.

ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-