-Advertisement-

-Advertisement-

ހެންވޭރު ގެޔަކުން ވައްކަން ކުރި ދެމީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެޔަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ތަކެތި ވަގަށް ނެގި މައްސަލައިގައި ފުލުހުން ދެމީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ހ ސަމަރގްރީންގެ އުމުރުން 33 އަހަރުގެ އިބްރާހީމް ޒަކަރިއްޔާގެ އިތުރުން ސ ހިތަދޫ ކުރިބޯށިގޭ އުމުރުން 36 އަަހަރުގެ މުހައްމަދު ޒަރީރެވެ.

ފުލުހުްނ ބުނެފައިވަނީ މި ދެމީހުން މި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، ހެންވޭރު ގެޔަކަށް ވަދެ އެގެއިނލެޕްޓޮޕް ތަކަކާއި ޓެބްލެޓް ތަކަކާއި މޮބައިލް ފޯނު ތަކެއްގެ އިތުރުން އެހެނިހެން ތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި ކަމަށެވެ.

އެގޮތުން ފުލުހުން ވަނީ އެ ތަކެތި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ހޯދައިފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ބަންދުކޮށް ދެމީހުންގެ ބަންޑައި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަޙުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-