-Advertisement-

-Advertisement-

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

ހުދު ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މިއަދު މެންދުރު ފަހު 13:30 އިން އިރުއޮއްސި 18:30 އާއި ދެމެދަށް . އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެ އިދާރާއިން މިއަދު ބުނެފައި ވަނީ، މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދިފައިވާ ލޯވެލެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ކުރަމުން ދާ ވިއްސާރައެއް ކަމަށެވެ.

މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަަށްތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. އެއީ 110 މިލިމީޓަރުގެ ވާރޭއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-