-Advertisement-

-Advertisement-

ވަކި މުއްދަތެއްގެ ކުރިން އާސަންދައިގެ ދަށުން ތަކުރާރުކޮށް ޓެސްޓް ނުހެދޭ ގޮތް ހަދަނީ

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ- ފޮޓޯ/ މަޖިލިސް

އާސަންދައިން ކުރެވޭ ބޭކާރު ޚަރަދުތައް ކޮށް އެ ޚިދުމަތް އިސްލާހުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއް ފަހަރު ހަދާ ޓެސްޓްތައް ވަކި މުއްދަތެއްގެ ކުރިން ތަކުރާރުކޮށް ނުހެދޭގޮތަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމެޓީގައި ދެއްކެވި ވާހަކަފުޅުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، ތަކުރާރުކޮށް އެއް ޓެސްޓެއް ހަދަމުން އަންނަ އައުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއެކު މިހާރު މަޝްވަރާތައް ކުރެވެމުން އަންނަކަމަށެވެ.

އެގޮތުން މިކަން ހުއްޓުވުމަށްޓަކައި ސިއްޙީ ނިޒާމުގެ ސިސްޓަމްތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ޒީނިޔާ ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ބައެއް ޓެސްޓްތައް ތިން މަސްދުވަސް ތެރޭގައި ތަކުރާރުކޮށް ނުހެދޭ ގޮތަށް ބަދަލުކޮށް، އެ މުއްދަތުގެ ކުރިން އެ ޓެސްޓެއް ހަދާނަމަ ދައްކަން ދާ ޑޮކްޓަރަށް އެކަން ނޮޓިފައިވާގޮތަށް ބަދަލުގަނައުން ހިމެނޭކަމަށް ޒީނިޔާ ވިދާޅުވިއެވެ.

 އޭރުން ފަސޭހަވާނެ އެ ޑޮކްޓަރަކަށް ފިޔަވަޅު އަޅަން ވެސް ހަދާފައި އިންދާ އަލުން ހަދަން ޖެއްސީ ކީއްވެތޯ ޖަސްޓިފިކޭޝަނެއް ނުދީ، – ޒީނިޔާ

މީގެ އިތުރުން  އާސަންދައިން ދޭ ޚިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކުރުމަށް ރީޓްމަންޓް ގައިޑްލައިންތަކެއް ހަދަމުންގެންދާކަން ހާމަކުރައްވައި ޒީނިޔާ ވިދާޅުވީ، ޓްރީޓްމަންޓް ގައިޑްލައިންތައް ތަންފީޒުވާ ހިސާބުން ހުރިހާ ހޮސްޕިޓަލްތަކަކުން ވެސް އެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެކަމަށެވެ.

އަދި ހަމައޭގެ އިތުރުން ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދައިގެ ޚަރަދު ކުޑަކޮށް, ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ ޕެކޭޖްތައް ތަޢާރަފްކުރުމަށް ފަހު ދެން އާސަންދައިގެ ޚިދުމަތް ދެމުން ގެންދާނީ އެއަށް އެއްބަސްވާ ފަރާތްތަކާއެކު ކަމުގައި ޒީނިޔާ ވިދާޅުވިއެވެ.

މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އެ ބަޖެޓު ވަނީ އަހަރު ނުނިމެނީސް ހުސްވެފައެވެ. އަހަރުގެ މިހާތަނަށް އާސަންދައިން ޖުމުލަ 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-