-Advertisement-

-Advertisement-

އިސްރާއީލު ޕާސްޕޯޓްގެ މައްސަލަ އަވަސްކުރުމުގެ ޤަރާރު ހުށަހެޅުމުގައި އެމްޑީޕީގެ ހެޔޮނިޔަތެއް ނެތް: ޕީއެންސީ

ޕީޕީއެމް ޕީއެންސީ ލީޑަރޝިޕް – ފޮޓޯ: ސޯޝަލްމީޑިއާ

ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ މަރުހަލާގައި އޮތް އިސްރާއީލު ޕާސްޕޯޓް ބޭން ކުރުމުގެ މައްސަލަ އަވަސްކުރުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ޤަރާރަކީ އެއްވެސް ހެޔޮ ނިޔަތެއް އެކަމުގައި ނެތް ޤަރާރެއް ކަމުގައި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމެވެ. އެކަމަކު، ޕީއެންސީގެ މެމްބަރުން ވޯޓުން އެ ޤަރާރު ވަނީ މަޖިލިހުން ބޭރުކޮށްލައިފައެވެ.

މި ޤަރާރާއި ގުޅިގެން ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަަސައްކަތް އަވަސްކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ޤަރާރަކީ މަޖިލީހުގައި އިއްޔެ ތާވަލު ކޮށްފައި ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި، އެއްވެސް ހެޔޮނިޔަތެއް ނެތި މަޖިލީހަށް ހުށަހެޅި ޤަރާރެއް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީން ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް، ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރު އަޑުން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށާއި، އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ޕާޓީގެ ބަޔާނުގައި އެހެން ފާހަގަކުރި ނަމަވެސް އިއްޔެ އެ ޤަރާރަށް ކުރި ބަހުސްގައި ޕީއެންސީގެ ފަރާތުން ބަހުސް ކުރި މެންބަރުންގެ ވާހަކަފުޅު ހުރީ، އިސްރާއީލު ޕާސްޕޯޓް ބޭން ކުރުމަށް ސަރުކާރުގެ ވިސްނުން ނެތް މޭރުމަކުންނެވެ.

އެގޮތުން ހުރިހާ ގޮތަކުން ވެސް ފަލަސްތީނާއި ގާތް ބަޔަކީ ޢަރަބިން ކަމަށާއި އެ މީހުން ނުކުރާ ކަމެއްް ރާއްޖެއިން ކުރަން ނުޖެހޭނެ ކަމަށް އެ ޕާޓީގެ މެމްބަރުން ފާހަގަކޮށްފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-