-Advertisement-

-Advertisement-

މަޖިލިސް މެމްބަރުން ލީޑަރުންގެ މުށުތެރޭގައި ތާށިވެއްޖެ، ދެން ޖެހޭނީ ހަނު ތިބެން: އުމަރު

އުމަރު ނަސީރު- ފޮޓޯ/ މިހާރު

ޤާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތާށިވެގެން އެ ދިޔައީ ސިޔާސީ ލީޑަރުންގެ މުށު ތެރޭގައި ކަމަށާއި ދެން އެ މެމްބަރުންނަށް އޮތް ހަމައެކަނި ގޮތަކީ ހަނުހުރުން ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިއްޔެ ގެނައި ކުއްލި އިސްލާހަށް އިޝާރަތްކުރައްވާ އުމަރު ވިދާޅުވީ، އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އަންގާ ގޮތަށް އަމަލުނުކޮށްގެން ނުވަތަ ބަސް ނުބުނެގެން ނުވަތަ ވޯޓު ނުދީފިނަމަ ޕާޓީން ވަކިކޮށްލުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ ކަމަށެވެ.

އެގޮތުން މި ގެނައި އިސްލާޙާއެކު މަޖިލިސް މެމްބަރުންނަށް އަމިއްލަ ވިސްނުމާއި ފިކުރާއި އެއްގޮތަށް ވަކާލާތު ކުރުމާއި ވޯޓު ދިނުމަށް އޮތް އޮތުން ނިމުމަކަށް އައީކަމަށާއި ދެން މެމްބަރުންނަށް އޮތީ، ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ކަމުގައި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕާޓީ އެއްގެ ޓިކެޓްގައި މީހަކު މަޖްލިސް އަށް އިންތިހާބު ވިޔަސް އެމެންބަރަކު ހޮވުމަށް ވޯޓުދޭ %75 މީހުންނަކީ ޕާޓީގެ މީހުން ނޫން ކަމަށާ އެހެންކަމުން މަޖްލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން ކަމަށެވެ.

މީގެ އިތުރުން ވޭތުވެދިޔަ 19 އަހަރު ދުވަހު މި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަން ފާހަގަކުރައްވައި މުޅި ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖިލީހެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބިގެންދިޔައީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އިއްޔެ ގެނައި ބަދަލަކީ މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނާ ބަދަލެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންނާއި މަޝްވަރާކުރުމެއް ނެތި ޤާނޫނަށް މިފަދަ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނައުމުގެ ސަބަބުން އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-