ހުޅުމާލޭގައި އާންމުންގެ މީހަކާއި ފުލުހަކަށް ތޫނު އެއްޗަކުން ޙަމަލާދޭން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފިޔަވަހި އެކެއްގައި މީހަކަށް ތޫނު އެއްޗަކުން ޙަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައްޔާއި އަދި އެކަން ކުރަން އުޅެނިކޮށް އެ ޙަމަލާ ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާއަށް ޙަމަލާދޭން މަސައްކަތް ކުރި މީހަކު މިއަދުގެ އިރުއޮއްސި 18:30 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މިހާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.