-Advertisement-

-Advertisement-

ޤަވާއިދާއި ޚިލާފަށް ތިލަފުށީގައި އުޅެމުން ދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އިމިގްރެޝަނުން ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރެއިން

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ އިތުރުވެ އެކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން އަތުލައިގަތުމަށް ހިންގަމުން އަންނަ ރެއިޑްތަކުން ކ. ތިލަފުށީގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެގޮތުން އެ އިދާރާގެ ފަރާތުން އިއްޔެ ހެނދުނު ތިލަފުށީގައި ކުރިއަށް ގެންދިޔަ މި ރެއިޑްގެ ތެރެއިން އިމިގްރޭޝަންގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ވަނީ ތިލަފުށީގައި މަސައްކަތް ކުރަމުން އަންނަ  257 ބިދޭސީއަކު ޗެކްކޮށްފައި ކަމުގައި އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

އެގޮތުން ބަލައި ފާސްކޮށް ސުވާލު ކުރެވުނު ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، 22 މީހަކަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ބޮއްސުންލައިފައިވާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އަދިވެސް ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ އޮޕަރެޝަންތަކުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވެދިޔަ އެއް އަހަރު ތެރޭ ޤަވާއިދާ ޚިލާފަށް އުޅޭ 5012 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލައިފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-