-Advertisement-

-Advertisement-

468.6 ކިލޯގެ ޑްރަގާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުުން ބޯޓެއް އަތުލައިގެންފި

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު. ފޮޓޯ: މިހާރު

468.6 ކިލޯގެ ޑްރަގާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުުން ބޯޓެއް އަތުލައިގެންފިއެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ސްރީލަންކާއަށް ނިސްބަތްވާ މި މަސްބޯޓު އަތުލައިގަތީ، ހދ މަކުނުދޫއާއި ދިމާ ބޭރުން ކަމަށެވެ.

އެގޮތުން މި ބޯޓު ކުޅުދުއްފުށީ ބަނދަރަށް ގެންދެވިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަރާތުން ރޭ ދަންވަރު 12:45 ހާއިރު ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން މި އުޅަނދު އެންމެ ފުރަތަމަ ހިފެހެއްޓީ މި ސަރަހައްދުުގައި އެގޮތަށް ހަރަކާތްތެރިވާ ޝައްކު ކުރެވޭ އުޅަނދުތަކުގެ މައުލޫމާތު ލިބޭ އުސޫލުން ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

މިގެ އިތުރުން ފުލުހުން ބުނީ، މި ބޯޓުގައި އެވަގުތު ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނަކު ތިބިކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބޭފުޅުންނާއެކު، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ފުލުހުން، މި އުޅަނދު ބަލާ ފާސް ކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައި ވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހަމައެޔާއެކު އެތަކެތީގެ ޕްރިމިލިނަރީ ނަތީޖާތައް ޓެސްޓުތަކުން ދައްކާގޮތުގައި، މީގެ ތެރޭގައި 344 ކިލޯގެ މެތް، އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެއް ބިލިޔަން ރުފިޔާގެ އަގު ހުރި މި ތަކެއްޗަކީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި އެކި އެޖެންސީތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ގޮތުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-