-Advertisement-

-Advertisement-

ހުޅުމާލޭ ސްކޭޓް ޕާކްގައި ބަރަހަނާ ހާލުގައި ހުރި މީހަކު ހައްޔަރުކޮށްފި

Breaking News

ހުޅުމާލޭ ސްކޭޓް ޕާކްގައި ބަރަހަނާ ހާލުގައި ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

މީސް މީޑިޔާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކުން ފެންނަ ގޮތުގައި ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކް ތެރޭގައި ބަރަހަނާ ހާލުގައި ފިރިހެނަކު ސިނގެރޭޓްބޯން ހުރެއެވެ.

އަދި އެއީ ދިވެހި ފިރިހެނެއްކަމަށް އެ ވީޑިއޯގައި ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އޭނާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-