-Advertisement-

-Advertisement-

ޑްރަގާއި، ގޭންގް ކުށްތައް ހުއްޓުވުމަށް ޤާނޫނަށް އިސްލާޙު ގެންނަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

މަސްތުވާތަކެތި ބޭނުންކުރުމާއި، ގޭންގް ކުށްތައް ހުއްޓުވުމުގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާޙުކޮށް،  ގޭންގު ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހަށް އައު ބިލެއް ލާން ނިންމައިފިއެވެ.

މިކަން އިއުލާނުކުރައްވައި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހެދިފައި ހުރި ޤާނޫނުތަކުގައި ހުރި އުނި ކަންކަން ކަމަށެވެ.

އެގޮތުން އެ މަސައްކަތާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި އެފަދަ މައްސަލަތަކުގައި ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ ލަފާގެ މަތިން ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާކެއްޗާއި އެންމެ ބޮޑަށް ގުޅިފައިވާ ގޭންގް ކުށްތައް ނައްތާލައި އެ ނުރައްކާތެރިކަމުން ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ މިފަދަ ބޮޑެތު މައްސަލަތަކަށް ދާއިމީ ޙައްލު ގެނައުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފއެވެ.

މިދިޔަ އާދީއްތަ ދުވަހުވެސް ވަނީ ހދ މަކުނުދޫ ބޭރުން އަތުލައިގަތް މަސް ބޯޓަކުން އެއް ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފައެވެ. އެގޮތުން މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-