-Advertisement-

-Advertisement-

މުހިއްމު މަސައްކަތްތައް ނިންމުމަށް މަޖިލިހުގެ ދައުރު ދަންމާލަނީ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލިހުގައި މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތް ހުރުމުން އެ މަސައްކަތައް ނިންމުމަށްޓަކައި މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މި ހުށަހެޅުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.

އެގޮތުން މަޖިލިހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލިހުގެ ރައީސް ވިދަޅުވީ، މުހިއްމު މަސައްކަތްތަކެއް ނިމަން ހުރުމުން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ޤަސްތުކުރާކަމަށް ވިދާޅުވެފައެވެ.

އެއާއެކު މިކަމަށް ވޯޓަށް އެހުން މިއަދުގެ ވޯޓު ގަޑީގައި އޮންނާނެކަމަށް މަޖިލިހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައެއް ނުއެވެ. އެހެން ކަމުން މި ދައުރު ނިމުމުގެ ކުރިން އެ ބަޖެޓް މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-