-Advertisement-

-Advertisement-

މީގެ ފަހުން ވިސާއަކާއި ނުލައި ދިވެހިނަށް ތަޖިކިސްތާނަށް ދެވޭނެ!

ތަޖިސްތާނާއި ރާއްޖެއާ ދެމެދު ވިސާގެ އެއްބަސްވުމުގައި ސޮއި ކުރުން- ފޮޓޯ/ ފޮރިން މިނިސްޓްރީ

ތަޖަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާއަކާއި ނުލައި އެ ޤައުމަށް ދެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ދެ ޤައުމުގެ ފަރާތުން ސޮއިކޮށްފައި ވާއިރު، އެ އެއްބަސްވުމުގައި  ތަޖިކިސްތާނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލެވެ. އަދި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ ފްރީ ރެޖީމްގެ ދަށުން ވިސާއާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެޤައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެއިން އެކި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް ރާއްޖެއިން 30 އަށް ވުރެ ގިނަ ޤައުމުތަކަށް ވިސާއާއި ނުލައި ދަތުރު ކުރެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-