ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލު މޫދުން ޒަޚަމްތަކަކާއެކު އޮއްވައި ފެނުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު ތޮށިގަނޑުކައިރީ މޫދުން ޒަޚަމްތަކަކާއެކު އޮތް 55 އަހަރުގެ ދިވެހި ފިރިހެނެއް ފެނިފައިވަނީ މިއަދު މެންދުރެއްހާއިރުއެވެ.
އެގޮތުން އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ މީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާކަމަށެވެ.
އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ކުރިން ބުނެފައި ވަނީ، އެ މީހާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ އޭނާއަށް އަނިޔާވެފައިވަނީ، އުޅަނދެއްގެ ބުރަފަތީގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.