ސްޕްރައިޓް ދަޅުތަކެއް އުފުލަމުން ދިޔަ ލޮރީއަކުން އެ ދަޅުތައް އަމީނީ މަގަށް ބަންޑުންވެއްޖެއެވެ.
މިއަދު ހަވީރު ހިނގި މި ހާދިސާގައި ލޮރީގައި ހުރި ދަޅުތައް ބަންޑުންވެފައި ވަނީ، އަމީނީ މަގުގައި ހުންނަ ހުންނާގު ފިހާރަ ކުރިމައްޗަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަނީ ކުލަ ފަޓާތަކެއް އުފުލި ޕިކަޕަކުން އެ ފަޓާތައް މާވެޔޮ މަގަށްވެސް ބަނޑުންވެފައެވެ.