ރާއްޖޭގެ އެންމެ މަތީ ކޯޓުތައް ކަމަށްވާ ސުޕްރީމް ކޯޓާއި ހައިކޯޓް ރިސެސްއަށް ގޮއްސިއެވެ.
ހައި ކޯޓުން ވިދާޅުވީ އެ ކޯޓުގެ ގަވައިދުގެ 4 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފެށިގެން އެއް މަސް ދުވަހަށް ރިސެސްއަށް ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރިސެސް މުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ބެލުމަށް އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާކަމުގައި އެ ކޯޓުން ވިދާޅުވެއެވެ.
ސުޕްރީމް ކޯޓު ރިސެސްއަށޤ ގޮއްސައި ވަނީ އެއް މަސްދުވަހަށެވެ. އެގޮތުން އެ ކޯޓުގެ ރިސެސް މުއްދަތުގައި ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ކުރިއަކަށް ނުދާނެއެވެ.
އެހެން ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އެ ކޯޓުން ވިދާޅުވެއެވެ.