-Advertisement-

-Advertisement-

ހައިވޭ އެކްސިޑެންޓްގައި ޤަވާއިދާއި ޚިލާފަށް ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި

މިނިސްޓަރ ރަމީލާއަށް މިނިސްޓަރކަމުގެ ފަތްކޮޅު އެރުވުން: ފޮޓޯ/ ރައީސް އޮފީސް

ހުކުރު ދުވަހު މެންދުރު ހުޅުމާލެއިން ހުޅުލެއަށް އޮންނަ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ބ އޭދަފުށީ އުމުރުން 22 އަހަރުގެ ޝުނާން މުޙައްމަދު ޝާކިރެވެ.

ހުކުރު ދުވަހު މެންދުރު 14:43 ގައި ހިނގި މި އެކްސިޑެން ހިނގުމަށް މެދުވެރިވީ ބާރު ސްޕީޑްގައި ޤަވާއިދާ ޚިލާފަށް އޯވާ ޓޭކް ކުރަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮއްސައިވެއެވެ.

ފުލުހުން ވިދާޅުވީ، ފިރިހެން މީހާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

ޝުނާން ހައްޔަރުކޮށްފައި ވަނީ، ޤަވާއިދާ ޚިލާފަށް އޯވާ ޓޭކް ކުރި ސައިކަލެއް އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައެވެ.  އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-