މާލޭގެ ފިހާރައަކަށް ވަދެ އެ ފިހާރައިގެ ކޭޝިއަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ޝަހީދު އަލީ ހިނގުމުގައި ހުރި މި ފިހާރައަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، . މާވަށް، ފަޔާޒް މަންޒިލް، އުމުރުން 24 އަހަރުގެ އަބްދުﷲ ފާއިޒެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި ހައްޔަރު ކުރި ފާއިޒުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުން އޭނާ 15 ދުވަހަށް ބަންދުކުުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި މި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން އެކި އެކި ކަންކަމުގައި އޮޅުވާލައިގެން ގެތަކަށް ގެންގޮސް ބިރު ދައްކައިގެންނާއި ދުވާލު އަދި ރޭގަނޑުވެސް މާލޭގެ އެކި މަގުތައް މަތިން ވެސް ބިރުދައްކައިގެން މީހުންގެ އަތުން ފައިސާ ފޭރުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.