-Advertisement-

-Advertisement-

ސީ ޓުއަރ އިން 1000 ޓަނުގެ މުދާ ކާގޯކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދެމުން އަންނަ ސީ ޓުއަރ ކާގޯ ޚިދުމަތުން 1000 ޓަނުގެ މުދާ އަހަރުގެ މިހާތަނަށް ކާގޯކޮށްފިއެވެ.

ސީ ޓުއަރ ކާގޯ ޚިދުމަތަށް މިއަދު ގުޅުނު ވަރޖިން އެޓްލާންޓިކާއެކު އެ އެއަރޕޯޓްގެ ކާގޯ ޚިދުމަތް ފޯރުކޮށްދޭ އެއަރލައިން ތަކުގެ ޢަދަދު ވަނީ 12 އަށް އަރައިފައެވެ.

އެއީ:

1. ޓަރކިޝް އެއަރލައިންސް

2.ގަތަރު އެއަރވޭސް

3.އެމިރޭޓްސް އެއަރލައިން

4.އިއްތިހާދު އެއަރވޭސް

5.އެރޯފްލޮޓް

6.ނިއޯސް

7.ގަލްފް އެއަރ

8.ޑިސްކަވަރ އެއަރލައިންސް

9.އޮސްޓްރައިން އެއާލައިންސް

10. ކޮންޑޯ

11. ބްރިޓިޝް އެއާރވޭސް

12. ވަރޖިން އެޓްލާންޓިކް

ސީ-ޓު-އެއަރ ކަރގޯގެ ޚިދުމަތާއި އެކު ވީ.އައި.އޭއިން ދެމުންދާ ކަރގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެންގޮސްފައެވެ. ދުނިޔޭގެ ކަރގޯކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީ.އައި.އޭގެ ޙިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެމް.އޭ.ސީ.އެލްއިން ވަމުން އަންނަ ޙިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމް.ޕީ.އެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއިއެކު އަވަހަށް ވައިގެ މަގުން ބޭނުންވާމަންޒިލަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެމް.އޭ.ސީ.އެލް އިން އަލަށްފެށި ޚިދުމަތެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-