މާރާމާރީއެއްގެ މައްސަލައެއްގައި އެކަން ކުރި އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަަލައާއި ގުޅިގެން ހައްޔަރުކުރި އިންޑިޔާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައި ކުރި އަމުުރުގައި ބުނެފައިވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ފުދޭ ހެކި ހުށަހަޅައިފައިވާކަމަށެވެ.
އެގޮތުން ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި އަދި އެފަރާތަށް ލިިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓް ހިމެނޭކަމަށް އެ ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ވުމާއެކު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.