-Advertisement-

-Advertisement-

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސަށް 98 ފަރާތަކުން އެދިއްޖެ!

ބްލެކް މާކެޓުގައި ޑޮލަރު ވިއްކި 7 ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާ ގަނެ ވިއްކުމަށް ސަރުކާރުން އެކުލަވާލި އައު ޤަވާއިދުގެ ދަށުން  ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި 98 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމަށް ޚާއްސަ ލައިސަންސް ނެގުމަށާއި މިހާރު ދޫކޮށްފައިވާ ލައިސަންސްތައް އައު އުސޫލުގެ ތެރެއިން އައު ކުުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެމްއެމްއޭއިން ހުޅުވާލި ފުުރުސަތު ހަމަވި އިރު، އެކަމަށް އެދި ޖުމްލަ 98 ވިޔަފާރިއަކުން ހުށަހަޅައިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި އެ ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، މުޅިން އަލަށް އެ ޚިދުމަތް ފަށާ 49 ފަރާތަކާއި މިހާތަނަށް އެ ބޭންކުން މަނީ އެކްސްޗޭންޖިންގ ގެ ހުއްދަ ދޫކޮށްފައިވާ 212 ފަރާތުގެ ތެރެއިން އެ ލައިންސަންސް އައު ކުރުމަށް އެދި ހުށަހެޅި 49 ފަރާތެއް ކަމަށެވެ.

އަދި 98 ވިޔަފާރީގެ ތެރޭގައި ޓިއާ 1 ލައިސަންސަށް އެދި 79 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ޓިއާ 2 ލައިސަންސަށް އެދި 19 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެގޮތުން އެ ލައިސަންސްތައް ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަމުގެ މަރުޙަލާތައް ފުރިހަމަކުރުމަށްފަހު ވިހާވެސް އަވަހަކަށް ލައިސަންސް ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމްއެމްއޭއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-